قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّـٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ شريك ންނާމެދު ނިކަން خبر ދީ ބަލާށެވެ! އެތަކެތި ބިމުން ހެދީ ކޮންތަނެއްކަން ތިމަން ކަލޭގެފާނަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެއްދެވުމުގައި ބައިވެރިވުމެއް އެތަކެއްޗަށް ވަނީ ހެއްޔެވެ؟ ނުވަތަ އެއިން ކަމެއްގެ މައްޗަށް ހެތްކެއްގެ މަތީގައި އެއުރެން ވުމަށް ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވާފައިވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އަނިޔާވެރިން އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރިކަމަކަށް މެނުވީ وعد އެއް ނުކުރެތެވެ.
۞إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا
ހަމަކަށަވަރުން، اللَّه، އުޑުތަކާއި ބިން އެހުރިގޮތުން ނެއްޓިދިޔަ ނުދެއްވައި ހިފަހައްޓަވަތެވެ. އަދި ހަމަކަށަވަރުން، އެހުރިގޮތުން އެ ދެތަން ނެއްޓިއްޖެނަމަ، އެކަލާނގެ ފިޔަވައި އެތަންތަން ހިފަހައްޓާނެ އެއްވެސް މީހަކު ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا
އެއުރެންގެ އެންމެގަދަ ހުވައިން اللَّه ގަންދީ އެއުރެން ހުވާކޮށް ބުނޫއެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ވަޑައިގެންފިނަމަ، އެހެން ކޮންމެ أمّة އަކަށްވުރެން ތެދުމަގު ލިބުން ބޮޑު ބަޔަކު ކަމުގައި އެއުރެން ވާނެކަން ކަށަވަރެވެ. ފަހެ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު އެއުރެންގެ ގާތަށް ވަޑައިގެންނެވިހިނދު، އެއިން ނަފުރަތުވެ، ދުރުހެލިވުން މެނުވީ، އެއުރެންނަކަށް އިތުރެއް ނުވިއެވެ.