وَإِن نَّشَأۡ نُغۡرِقۡهُمۡ فَلَا صَرِيخَ لَهُمۡ وَلَا هُمۡ يُنقَذُونَ
އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން غرق ކުރައްވައިފާހުށީމެވެ. ފަހެ، އެހިނދު، އެއުރެންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުމެވޭމެއެވެ.
إِلَّا رَحۡمَةٗ مِّنَّا وَمَتَٰعًا إِلَىٰ حِينٖ
ތިމަންރަސްކަލާނގެ حضرة ން އައި رحمة އެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ مدة އަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ.
وَإِذَا قِيلَ لَهُمُ ٱتَّقُواْ مَا بَيۡنَ أَيۡدِيكُمۡ وَمَا خَلۡفَكُمۡ لَعَلَّكُمۡ تُرۡحَمُونَ
އަދި ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ.
وَمَا تَأۡتِيهِم مِّنۡ ءَايَةٖ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ
އަދި އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية އެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ.
وَإِذَا قِيلَ لَهُمۡ أَنفِقُواْ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَنُطۡعِمُ مَن لَّوۡ يَشَآءُ ٱللَّهُ أَطۡعَمَهُۥٓ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٖ مُّبِينٖ
އަދި ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެއުރެންނަށް އަންގަވައިފިނަމަ، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. اللَّه އިރާދަކުރައްވާނަމަ، އެމީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ.