لِّيُنذِرَ مَن كَانَ حَيّٗا وَيَحِقَّ ٱلۡقَوۡلُ عَلَى ٱلۡكَٰفِرِينَ
އެއީ ދިރިހުރި ކަމުގައިވާ މީހަކަށް إنذار ކުރެއްވުމަށްޓަކައެވެ. އަދި كافر ންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވުމަށްޓަކައެވެ.
أَوَلَمۡ يَرَوۡاْ أَنَّا خَلَقۡنَا لَهُم مِّمَّا عَمِلَتۡ أَيۡدِينَآ أَنۡعَٰمٗا فَهُمۡ لَهَا مَٰلِكُونَ
ތިމަންރަސްކަލާނގެ يد قدرة ފުޅުން ހެއްދެވި ތަކެތީގެ ތެރެއިން نعم ސޫފި، އެއުރެންނަށްޓަކައި ހައްދަވާފައިވާތީ، އެއުރެންނަކަށް ނުފެނޭހެއްޔެވެ؟ ފަހެ، އެއުރެންނީ އެ ތަކެތީގެ މިލްކުވެރިންނެވެ.
وَذَلَّلۡنَٰهَا لَهُمۡ فَمِنۡهَا رَكُوبُهُمۡ وَمِنۡهَا يَأۡكُلُونَ
އަދި ތިމަންރަސްކަލާނގެ އެތަކެތި އެއުރެންނަށް ކިޔަމަންކޮށްދެއްވީމެވެ. ފަހެ، އޭގެތެރެއިން އެއުރެންގެ ސަވާރީތައްވެއެވެ. އަދި އެއުރެން އެ ތަކެތިން ކައި އުޅެތެވެ.
وَلَهُمۡ فِيهَا مَنَٰفِعُ وَمَشَارِبُۚ أَفَلَا يَشۡكُرُونَ
އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެއުރެންނަށްޓަކައިވެއެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟
وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لَّعَلَّهُمۡ يُنصَرُونَ
އަދި އެއުރެންނަށް نصر ލިބޭތޯ اللَّه ފިޔަވައި އެހެން إله ންތަކެއް ހިފިއެވެ.
لَا يَسۡتَطِيعُونَ نَصۡرَهُمۡ وَهُمۡ لَهُمۡ جُندٞ مُّحۡضَرُونَ
އެތަކެއްޗަކަށް އެއުރެންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އެތަކެއްޗަށް (خدمة ކުރުމުގައި) حاضر ކުރައްވާފައިވާ لشكر އެއް ކަމުގައި އެއުރެންވާ حال ގައެވެ.