إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ
ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.
إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ
ހަމަކަށަވަރުން، اللَّه މެނުވީ إله އަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ.
وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ
އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إله ންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟
بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ
އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دين އާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسول ން ތެދުކުރެއްވިއެވެ.
إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ
ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذاب ގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ.
وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ
އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ.
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
خيار ކުރައްވާފައިވާ، اللَّه ގެ އަޅުން މެނުވީއެވެ.