طَلۡعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ

އޭގެ މޭވާ، شيطان ންގެ ބޯތަކެކޭ އެއްފަދައެވެ.


فَإِنَّهُمۡ لَأٓكِلُونَ مِنۡهَا فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ

ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ.


ثُمَّ إِنَّ لَهُمۡ عَلَيۡهَا لَشَوۡبٗا مِّنۡ حَمِيمٖ

ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّوم އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއްް) އެއުރެންނަށްވާކަން ކަށަވަރެވެ.


ثُمَّ إِنَّ مَرۡجِعَهُمۡ لَإِلَى ٱلۡجَحِيمِ

ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ.


إِنَّهُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ

ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ.


فَهُمۡ عَلَىٰٓ ءَاثَٰرِهِمۡ يُهۡرَعُونَ

ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ.


وَلَقَدۡ ضَلَّ قَبۡلَهُمۡ أَكۡثَرُ ٱلۡأَوَّلِينَ

ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ.


وَلَقَدۡ أَرۡسَلۡنَا فِيهِم مُّنذِرِينَ

އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذار ކުރައްވާ رسول ން ފޮނުއްވީމެވެ.



الصفحة التالية
Icon