قَالُواْ ٱبۡنُواْ لَهُۥ بُنۡيَٰنٗا فَأَلۡقُوهُ فِي ٱلۡجَحِيمِ
އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ!
فَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَسۡفَلِينَ
ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.
وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهۡدِينِ
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرة ކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمر ކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ.
رَبِّ هَبۡ لِي مِنَ ٱلصَّـٰلِحِينَ
އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!
فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ
ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ.
فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَـٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ
ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.