أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ
ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيار ކުރެއްވީހެއްޔެވެ؟
مَا لَكُمۡ كَيۡفَ تَحۡكُمُونَ
ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
أَفَلَا تَذَكَّرُونَ
ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
أَمۡ لَكُمۡ سُلۡطَٰنٞ مُّبِينٞ
ނުވަތަ ތިޔަބައިމީހުންނަށް بيان ވެގެންވާ دليل އެއް ވަނީހެއްޔެވެ؟
فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ
ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ!
وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ
އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ.
سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ
އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ.
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ
اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ.