ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

އެއުރެންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ، އެތައްބަޔަކު ބައިވެރިވާ (އަޅު) ފިރިހެނަކާއި ހަމަ އެންމެމީހަކަށް خاص ވެގެންވާ (އަޅު) ފިރިހެނެއްގެ مثال اللَّه ޖެއްސެވިއެވެ. مثال ގެގޮތުން އެ ދެމީހުން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެތެވެ.


إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ

ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.


ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ

ދެން ހަމަކަށަވަރުން قيامة ދުވަހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނޫއެވެ.


۞فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

ފަހެ، اللَّه އާމެދު ދޮގުހަދައި، އަދި ތެދު އެމީހެއްގެގާތަށް އައިހިނދު، އެދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ كافر ން ތިބޭނޭތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟


وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ

ތެދާއިގެން އަންނަމީހާއާއި އަދި އެތެދު قبول ކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوى ވެރިންނެވެ.



الصفحة التالية
Icon