قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި، ބިންތައް ހެއްދެވި ރަސްކަލާކޮ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި، އެއުރެން خلاف ވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަރަސްކަލާނގެއެވެ.


وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ

އަނިޔާވެރިވި މީހުންނަށް، ބިމުގައިވާހާ ތަކެއްޗާއި، އެޔާއެކު އެޔާއެއްފަދަ ތަކެތި ލިބުނުކަމުގައިވީނަމަ، قيامة ދުވަހުގެ ގަދަފަދަ عذاب ން މުއްތިވުމަށްޓަކައި، އެއިން فدية ދިނީހެވެ. އަދި އެއުރެން ހީވެސްނުކުރާ ކަންތައް އެދުވަހުން اللَّه ގެ حضرة ން އެއުރެންނަށް ފާޅުވާނެތެވެ.


وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ އެއުރެންނަށް ފާޅުވާހުށްޓެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އެއުރެން ވަށައިލާހުށްޓެވެ.


فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

ފަހެ، އިންސާނާއަށް އުނދަގުލެއް ޖެހޭހިނދު، ތިމަންރަސްކަލާނގެއަށް އޭނާ دعاء ކުރެތެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އޭނާޔަށް نعمة އެއް ދެއްވައިފިނަމަ، އޭނާ ބުނެތެވެ. ތިމަންނައަށް އެ نعمة ލިބިފައިވާކަން ކަށަވަރީ، ތިމަންގެ علم ވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއްތަ! އެއީ امتحان އެކެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.



الصفحة التالية
Icon