ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ

اللَّه އީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ.


ذَٰلِكُمُ ٱللَّهُ رَبُّكُمۡ خَٰلِقُ كُلِّ شَيۡءٖ لَّآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ

އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟


كَذَٰلِكَ يُؤۡفَكُ ٱلَّذِينَ كَانُواْ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ

اللَّه ގެ آية ތަކަށް ދެކޮޅުހަދައިއުޅުނު މީހުން (ތެދުމަގުން) އެއްކިބާވަނީ އެފަދައިންނެވެ.


ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ قَرَارٗا وَٱلسَّمَآءَ بِنَآءٗ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ فَتَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

اللَّه އީ، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން صورة ކުރައްވައި، ތިޔަބައިމީހުންގެ صورة ރީތިކުރައްވައި، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވި ރަސްކަލާނގެއެވެ. އެއީ، اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، عالم ތަކުގެވެރި اللَّه މަތިވެރިވެވޮޑިގެންފިއެވެ.



الصفحة التالية
Icon