هُوَ ٱلۡحَيُّ لَآ إِلَٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އެހެން إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް دعاء ކޮށް އަޅުކަން ކުރާށެވެ! حمد ހުރީ عالم ތަކުގެވެރި اللَّه އަށެވެ.


۞قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِيَ ٱلۡبَيِّنَٰتُ مِن رَّبِّي وَأُمِرۡتُ أَنۡ أُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެކިތައް، ތިމަންކަލޭގެފާނަށް އައިހިނދު، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ. އަދި عالم ތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.


هُوَ ٱلَّذِي خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ يُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡ ثُمَّ لِتَكُونُواْ شُيُوخٗاۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبۡلُۖ وَلِتَبۡلُغُوٓاْ أَجَلٗا مُّسَمّٗى وَلَعَلَّكُمۡ تَعۡقِلُونَ

އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.



الصفحة التالية
Icon