أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
ނުވަތަ އެއުރެން اللَّه ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ اللَّه އެވެ. އަދި އެކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ
އަދި ތިޔަބައިމީހުން އެކަމަކާމެދުގައި خلاف ވާ ކޮންމެ ކަމެއްގެ حكم ކުރެއްވުންވަނީ، اللَّه އަށެވެ. އެއީ اللَّه އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އަދި توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ.
فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ
އެކަލާނގެއީ، އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި، ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިއެވެ. އަދި އެކަލާނގެ نعم ސޫފީގެ ތެރެއިން ދެ جنس ގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.