أَوَمَن يُنَشَّؤُاْ فِي ٱلۡحِلۡيَةِ وَهُوَ فِي ٱلۡخِصَامِ غَيۡرُ مُبِينٖ
އަދި (اللَّه އަށް އެއުރެން އެ نسبة ކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު حجّة ބަޔާން ނުކުރެވޭ މީހެކެވެ.
وَجَعَلُواْ ٱلۡمَلَـٰٓئِكَةَ ٱلَّذِينَ هُمۡ عِبَٰدُ ٱلرَّحۡمَٰنِ إِنَٰثًاۚ أَشَهِدُواْ خَلۡقَهُمۡۚ سَتُكۡتَبُ شَهَٰدَتُهُمۡ وَيُسۡـَٔلُونَ
އަދި رحمن ވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكة ންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكة ން ހެއްދެވިއިރު، އެއުރެން حاضر ވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرة ދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ.
وَقَالُواْ لَوۡ شَآءَ ٱلرَّحۡمَٰنُ مَا عَبَدۡنَٰهُمۗ مَّا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَخۡرُصُونَ
އަދި އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ އިރާދަކުރެއްވިނަމަ، ތިމަންމެން އެ ملائكة ންނަކަށް އަޅުކަމެއް ނުކުރީމުހެވެ. އެކަމާމެދު އެއުރެންނަށް އެއްވެސް އެނގުމެއް ނުވެތެވެ. އެއުރެން ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ނުވެތެވެ.
أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا مِّن قَبۡلِهِۦ فَهُم بِهِۦ مُسۡتَمۡسِكُونَ
ނުވަތަ އޭގެކުރިން (އެބަހީ: قرآن ގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟