وَلَا يَمۡلِكُ ٱلَّذِينَ يَدۡعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلۡحَقِّ وَهُمۡ يَعۡلَمُونَ
އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަށް شفاعة ތެރިކަމެއް ملك ވެގެނެއް ނުވެތެވެ. އެއުރެން ދެނެތިބެ، حق އަށް ހެކިދިން މީހުން މެނުވީއެވެ.
وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ
ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
وَقِيلِهِۦ يَٰرَبِّ إِنَّ هَـٰٓؤُلَآءِ قَوۡمٞ لَّا يُؤۡمِنُونَ
އަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިބައިމީހުންނީ إيمان ނުވާނެ ބަޔެކެވެ.
فَٱصۡفَحۡ عَنۡهُمۡ وَقُلۡ سَلَٰمٞۚ فَسَوۡفَ يَعۡلَمُونَ
ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ.