وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ

قيامة ދުވަހަށް ދާނދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް اللَّه ފިޔަވައި އަޅުކަންކޮށް، دعاء ކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ دعاء ތަކަށް غافل ވެގެންނެވެ.


وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ

އަދި މީސްތަކުން (قيامة ދުވަހުން) އެއްކުރައްވާހިނދު އެއުރެންނަށް، އެ ބުދުތައް عداوة ތެރިންކަމުގައި ވާނެތެވެ. އަދި އެތަކެއްޗަށް އަޅުކަންކުރި ކަމާމެދު إنكار ކުރާ ތަކެތި ކަމުގައި އެތަކެތި ވާނެތެވެ.


وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ

އަދި ތިމަންރަސްކަލާނގެ آية ތައް އެއުރެންނަށް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު (އަދި) އެއުރެންގެގާތަށް حق ބަސްފުޅު އައިހިނދު، كافر ވިމީހުން އެ ބަސްފުޅާމެދު ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.


أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ

ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހައްދަވާފައިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށްޓަކައި اللَّه ގެ حضرة ން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެތެވެ. (އެބަހީ: اللَّه ގެ عذاب ން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެތެވެ.) ތިޔަބައިމީހުން އެ قرآن އާމެދު، ދައްކައިއުޅޭ ވާހަކަތައް، އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިމަންކަލޭގެފާނާ، ތިޔަބައިމީހުންނާ ދެމެދުގައިވާ ހެކިވެރިޔަކަށް އެކަލާނގެ ފުދެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon