بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا

އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسول އާއާއި، مؤمن ން އެއުރެންގެ أهل ވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.


وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَعِيرٗا

އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ.


وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا

އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.


سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا

غنيمة ތަކެއް އަތުލުމަށްޓަކައި، غنيمة ތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، اللَّه ގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން اللَّه އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ حسد ވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށް މެނުވީ އެއުރެންނަކަށް ނުވިސްނެތެވެ.



الصفحة التالية
Icon