وَدَّت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يُضِلُّونَكُمۡ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ
ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު، ތިޔަބައިމީހުން މަގުފުރައްދައިލެވޭނެ ނަމައޭ ހިތައި، އެކަމަށް އެދުނެވެ. އެއުރެންގެ އަމިއްލަ نفس ތައް މެނުވީ، އެއުރެންނަކަށް މަގުފުރައްދައެއް ނުލެވެތެވެ. އަދި، އެއުރެންނަކަށް (އެކަމެއް) ނޭނގެއެވެ.
يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَأَنتُمۡ تَشۡهَدُونَ
އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން (އެއީ حق ކަން އެނގިތިބެ އެކަމަށް) ހެކިވާ حال، اللَّه ގެ آية ތަކަށް ތިޔަބައިމީހުން كافر ވަނީ ކީއްވެގެން ހެއްޔެވެ؟
يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَلۡبِسُونَ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُونَ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ
އޭ ފޮތުގެ أهل ވެރިންނޭވެ! (އެއީ حق ކަން) ތިޔަބައިމީހުންނަށް އެނގިތިބި حال ގައި، حق އާއި باطل އޮޅުވާލައި އަދި، حق ގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟
وَقَالَت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ ءَامِنُواْ بِٱلَّذِيٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُواْ وَجۡهَ ٱلنَّهَارِ وَٱكۡفُرُوٓاْ ءَاخِرَهُۥ لَعَلَّهُمۡ يَرۡجِعُونَ
ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ!