هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا
އެއުރެންނީ، كافر ވެ، އަދި حرمة ތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتل ކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتح ކުރެއްވުމުގެ إذن ދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: قتل ކުރެވިދާފަދަ ގޮތެއްގައިތިބި مؤمن ންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ اللَّه އިރާދަކުރައްވާ މީހަކު އެކަލާނގެ رحمة ގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި عذاب އަކުން އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ތިމަންރަސްކަލާނގެ عذاب ދެއްވީމުހެވެ.
إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا
كافر ވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسول އާގެ މައްޗަށާއި، مؤمن ތަކުންގެ މައްޗަށް، އެކަލާނގެ حضرة ން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوى ގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمة އަށް حق ކަން ބޮޑުވެފައި، އަދި އެ كلمة ގެ أهل ވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.