إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ

އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، سلاماً މިހެން ވިދާޅުވެ سلام ކުރެއްވޫއެވެ. ދެން އެކަލޭގެފާނު سلام މިހެން ވިދާޅުވެ سلام ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ.


فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٖ سَمِينٖ

ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.


فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ

ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟


فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ

ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ملائكة ންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވޫއެވެ.


فَأَقۡبَلَتِ ٱمۡرَأَتُهُۥ فِي صَرَّةٖ فَصَكَّتۡ وَجۡهَهَا وَقَالَتۡ عَجُوزٌ عَقِيمٞ

ފަހެ (އެ އުފާވެރި خبر އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟)



الصفحة التالية
Icon