وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ

ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.


فَفِرُّوٓاْ إِلَى ٱللَّهِۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ

ފަހެ، ތިޔަބައިމީހުން اللّه އަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ.


وَلَا تَجۡعَلُواْ مَعَ ٱللَّهِ إِلَٰهًا ءَاخَرَۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ

އަދި ތިޔަބައިމީހުން اللَّه އާއެކު އެހެން إله އަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ.


كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ

އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسول އަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.


أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ

އެއުރެން رسول ން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް وصية ކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.



الصفحة التالية
Icon