مَا كَانَ لِبَشَرٍ أَن يُؤۡتِيَهُ ٱللَّهُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُواْ عِبَادٗا لِّي مِن دُونِ ٱللَّهِ وَلَٰكِن كُونُواْ رَبَّـٰنِيِّـۧنَ بِمَا كُنتُمۡ تُعَلِّمُونَ ٱلۡكِتَٰبَ وَبِمَا كُنتُمۡ تَدۡرُسُونَ

اللَّه، އެމީހަކަށް ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމާ، ދެން، اللَّه ފިޔަވައި ތިމަންނާއަށް އަޅުކަން ކުރާމީހުން ކަމުގައި ތިޔަބައިމީހުންވާށޭ މީސްތަކުންނަށް ބުނުމަކީ، (އެކަންތައްތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު (އެމީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ربّانى ންނަށް (އެބަހީ: دين ވެރި علم ވެރިންނަށް) ވާށޭއެވެ!


وَلَا يَأۡمُرَكُمۡ أَن تَتَّخِذُواْ ٱلۡمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرۡبَابًاۚ أَيَأۡمُرُكُم بِٱلۡكُفۡرِ بَعۡدَ إِذۡ أَنتُم مُّسۡلِمُونَ

އަދި، ملائكة ންނާއި، ނަބިއްޔުންނީ، إله ން ކަމުގައި ހަދައިގެން އުޅުމަކަށް އެމީހަކު ތިޔަބައިމީހުންނަކަށް أمر ކުރުމެއްވެސް ނެތެވެ. ތިޔަބައިމީހުން مسلم ން ކަމުގައިވެގެން ތިބުމަށްފަހު، كافر ވުމަށް އެމީހަކު ތިޔަބައިމީހުންނަށް (ފަހެ) أمر ކުރާނެ ހެއްޔެވެ؟


وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيۡتُكُم مِّن كِتَٰبٖ وَحِكۡمَةٖ ثُمَّ جَآءَكُمۡ رَسُولٞ مُّصَدِّقٞ لِّمَا مَعَكُمۡ لَتُؤۡمِنُنَّ بِهِۦ وَلَتَنصُرُنَّهُۥۚ قَالَ ءَأَقۡرَرۡتُمۡ وَأَخَذۡتُمۡ عَلَىٰ ذَٰلِكُمۡ إِصۡرِيۖ قَالُوٓاْ أَقۡرَرۡنَاۚ قَالَ فَٱشۡهَدُواْ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ

ނަބިއްޔުންގެ ކިބައިން، اللَّه ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެހިނދު اللَّه އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި حكمة ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ رسول އަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް إيمان ވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން نصر ދޭހުށިކަމެވެ! އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބޭކަލުން إقرار ވެ، އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ عهد ހިފައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅަމެން إقرار ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.



الصفحة التالية
Icon