وَأَنَّهُۥ هُوَ أَغۡنَىٰ وَأَقۡنَىٰ

އަދި މުއްސަނދިކުރައްވަނީވެސް، އަދި فقير ކުރައްވަނީވެސް އެކަލާނގެއެވެ.


وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ

އެކަލާނގެއީ، الشعرى އޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ.


وَأَنَّهُۥٓ أَهۡلَكَ عَادًا ٱلۡأُولَىٰ

އަދި ކުރީގެ عاد ބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ.


وَثَمُودَاْ فَمَآ أَبۡقَىٰ

އަދި ثمود ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.


وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ

އަދި އޭގެކުރިން نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.


وَٱلۡمُؤۡتَفِكَةَ أَهۡوَىٰ

އަދި لوط ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.


فَغَشَّىٰهَا مَا غَشَّىٰ

ފަހެ، އެރަށަށް ޖެއްސެވި عذاب އެއް ޖެއްސެވިއެވެ.


فَبِأَيِّ ءَالَآءِ رَبِّكَ تَتَمَارَىٰ

ފަހެ، ތިބާ شك ކުރަނީ ތިބާގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟



الصفحة التالية
Icon