يُرۡسَلُ عَلَيۡكُمَا شُوَاظٞ مِّن نَّارٖ وَنُحَاسٞ فَلَا تَنتَصِرَانِ
ތިޔަ ދެބައިމީހުންގެ މައްޗަށް (قيامة ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް نصر އެއް ނުލިބޭނެތެވެ.
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتۡ وَرۡدَةٗ كَٱلدِّهَانِ
ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟
فَيَوۡمَئِذٖ لَّا يُسۡـَٔلُ عَن ذَنۢبِهِۦٓ إِنسٞ وَلَا جَآنّٞ
ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوال އެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.)