إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ

އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފުފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.


إِنَّ ٱلَّذِينَ كَفَرُواْ بَعۡدَ إِيمَٰنِهِمۡ ثُمَّ ٱزۡدَادُواْ كُفۡرٗا لَّن تُقۡبَلَ تَوۡبَتُهُمۡ وَأُوْلَـٰٓئِكَ هُمُ ٱلضَّآلُّونَ

ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ.


إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٞ فَلَن يُقۡبَلَ مِنۡ أَحَدِهِم مِّلۡءُ ٱلۡأَرۡضِ ذَهَبٗا وَلَوِ ٱفۡتَدَىٰ بِهِۦٓۗ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ وَمَا لَهُم مِّن نَّـٰصِرِينَ

ހަމަކަށަވަރުން، كافر ވެ، އަދި كافر ން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فدية ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސްބަޔަކު ނުވެއެވެ.


لَن تَنَالُواْ ٱلۡبِرَّ حَتَّىٰ تُنفِقُواْ مِمَّا تُحِبُّونَۚ وَمَا تُنفِقُواْ مِن شَيۡءٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ

ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ.



الصفحة التالية
Icon