وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ
އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.
أُوْلَـٰٓئِكَ ٱلۡمُقَرَّبُونَ
ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.
فِي جَنَّـٰتِ ٱلنَّعِيمِ
نعمة ގެ ސުވަރުގެތަކުގައެވެ.
ثُلَّةٞ مِّنَ ٱلۡأَوَّلِينَ
އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
وَقَلِيلٞ مِّنَ ٱلۡأٓخِرِينَ
އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.
عَلَىٰ سُرُرٖ مَّوۡضُونَةٖ
ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.
مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ
އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ حال ގައެވެ.
يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ
ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ.
بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ
ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.