ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ

ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟


لَوۡ نَشَآءُ جَعَلۡنَٰهُ أُجَاجٗا فَلَوۡلَا تَشۡكُرُونَ

ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟


أَفَرَءَيۡتُمُ ٱلنَّارَ ٱلَّتِي تُورُونَ

ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟


ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَهَآ أَمۡ نَحۡنُ ٱلۡمُنشِـُٔونَ

އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟


نَحۡنُ جَعَلۡنَٰهَا تَذۡكِرَةٗ وَمَتَٰعٗا لِّلۡمُقۡوِينَ

ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް قائم ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.


فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ

ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!


۞فَلَآ أُقۡسِمُ بِمَوَٰقِعِ ٱلنُّجُومِ

ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ وحى ކުރައްވަމެވެ.



الصفحة التالية
Icon