فَسَلَٰمٞ لَّكَ مِنۡ أَصۡحَٰبِ ٱلۡيَمِينِ
ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ.
وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ
އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!
فَنُزُلٞ مِّنۡ حَمِيمٖ
ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.
وَتَصۡلِيَةُ جَحِيمٍ
އަދި ނަރަކަޔަށް ވެއްދެވުމެކެވެ.
إِنَّ هَٰذَا لَهُوَ حَقُّ ٱلۡيَقِينِ
ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ
ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!