وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ
އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.
يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّـٰيَ فَٱرۡهَبُونِ
އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން عمل ކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!
وَءَامِنُواْ بِمَآ أَنزَلۡتُ مُصَدِّقٗا لِّمَا مَعَكُمۡ وَلَا تَكُونُوٓاْ أَوَّلَ كَافِرِۭ بِهِۦۖ وَلَا تَشۡتَرُواْ بِـَٔايَٰتِي ثَمَنٗا قَلِيلٗا وَإِيَّـٰيَ فَٱتَّقُونِ
އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް (އެބަހީ: توراة) ތެދުކުރަނިވި ގޮތުގައިވާ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! އަދި އެފޮތަށް އެންމެ ފުރަތަމައިން كافر ވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ! (އެބަހީ: ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ حرام ކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ!) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!