فَلَا تُطِعِ ٱلۡمُكَذِّبِينَ
ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!
وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ
ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.
وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ
އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!
هَمَّازٖ مَّشَّآءِۭ بِنَمِيمٖ
(އެއީ) غيبة ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ
ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ.
عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ
ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށްފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ.
أَن كَانَ ذَا مَالٖ وَبَنِينَ
އޭނާއީ މުދާވެރި، އަދި ދަރިންތިބި މީހަކަށްވީތީއެވެ.
إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ
ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.