فَرَّتۡ مِن قَسۡوَرَةِۭ

އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ.


بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ

އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ.


كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرة އަކަށް ބިރެއް ނުގަނެތެވެ.


كَلَّآ إِنَّهُۥ تَذۡكِرَةٞ

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآن އަކީ ހަނދާންކޮށްދިނުމެކެވެ.


فَمَن شَآءَ ذَكَرَهُۥ

ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!


وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ

އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوى ވެރިވުން حق ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.



الصفحة التالية
Icon