ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ

عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.


مُّطَاعٖ ثَمَّ أَمِينٖ

އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.


وَمَا صَاحِبُكُم بِمَجۡنُونٖ

އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.


وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ

އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ.


وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ

އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ.


وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ

އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ.


فَأَيۡنَ تَذۡهَبُونَ

ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟


إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ

عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.



الصفحة التالية
Icon