ثُمَّ إِنَّهُمۡ لَصَالُواْ ٱلۡجَحِيمِ
ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ.
ثُمَّ يُقَالُ هَٰذَا ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ
ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ.
كَلَّآ إِنَّ كِتَٰبَ ٱلۡأَبۡرَارِ لَفِي عِلِّيِّينَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عمل ތަކުގެ ފަތްވަނީ عِلّـيّون ގައި ކަންކަށަވަރެވެ.
وَمَآ أَدۡرَىٰكَ مَا عِلِّيُّونَ
عِلـيّون އަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
كِتَٰبٞ مَّرۡقُومٞ
(އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ.
يَشۡهَدُهُ ٱلۡمُقَرَّبُونَ
ކުއްތަންކުރައްވާފައިވާ ملائكة ން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ.
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٍ
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ.
عَلَى ٱلۡأَرَآئِكِ يَنظُرُونَ
ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ.
تَعۡرِفُ فِي وُجُوهِهِمۡ نَضۡرَةَ ٱلنَّعِيمِ
އެއުރެންގެ މޫނުތަކުގެމަތިން، نعمة ގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ.