إِنَّ ٱلَّذِينَ تَوَلَّوۡاْ مِنكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ إِنَّمَا ٱسۡتَزَلَّهُمُ ٱلشَّيۡطَٰنُ بِبَعۡضِ مَا كَسَبُواْۖ وَلَقَدۡ عَفَا ٱللَّهُ عَنۡهُمۡۗ إِنَّ ٱللَّهَ غَفُورٌ حَلِيمٞ
ހަމަކަށަވަރުން، (أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަޔަށް) އެނބުރި ފުރަގަސްދިން މީހުން، شيطان އާ އެއުރެންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެއުރެން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަަހީ: رسول އާގެ އެންގެވުންތަކާ خلاف ވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން، اللَّه އެއުރެންނަށް عفو ކުރައްވައިފިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لِإِخۡوَٰنِهِمۡ إِذَا ضَرَبُواْ فِي ٱلۡأَرۡضِ أَوۡ كَانُواْ غُزّٗى لَّوۡ كَانُواْ عِندَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجۡعَلَ ٱللَّهُ ذَٰلِكَ حَسۡرَةٗ فِي قُلُوبِهِمۡۗ وَٱللَّهُ يُحۡيِۦ وَيُمِيتُۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ أخ ން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި قتل އެއްވެސް ނުވީހޭ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) اللَّه، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، اللَّه އެވެ. އަދި، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.