وَلِسَانٗا وَشَفَتَيۡنِ

ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟


وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ

އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.


فَلَا ٱقۡتَحَمَ ٱلۡعَقَبَةَ

ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟


وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ

ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟


فَكُّ رَقَبَةٍ

) އެއީ (އަޅަކު މިނިވަންކުރުމެވެ.


أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ

ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.


يَتِيمٗا ذَا مَقۡرَبَةٍ

ގާތްތިމާގެ ޔަތީމަކަށެވެ.


أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ

ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.


ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ

ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.



الصفحة التالية
Icon