فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ
ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ
އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
إِنَّ عَلَيۡنَا لَلۡهُدَىٰ
ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ
އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ
ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ.
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.
ٱلَّذِي كَذَّبَ وَتَوَلَّىٰ
އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.
وَسَيُجَنَّبُهَا ٱلۡأَتۡقَى
އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.