ٱنظُرۡ كَيۡفَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَكَفَىٰ بِهِۦٓ إِثۡمٗا مُّبِينًا

اللَّه އާމެދު، އެއުރެން ދޮގު ހަދާގޮތް ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! بيان ވެގެންވާ ފާފައެއްކަމުގައި އެކަންތައް ފުދެއެވެ.


أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يُؤۡمِنُونَ بِٱلۡجِبۡتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُواْ هَـٰٓؤُلَآءِ أَهۡدَىٰ مِنَ ٱلَّذِينَ ءَامَنُواْ سَبِيلًا

ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، شيطان އާޔަށް إيمان ވެއެވެ. އަދި، كافر ވި މީހުންނަށް، އެއުރެން ބުނެތެވެ. إيمان ވެގެން ތިބި މީހުންނަށްވުރެން، މިބައިމީހުންނަށް ތެދުމަގު ލިބުން ބޮޑެވެ.


أُوْلَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُۖ وَمَن يَلۡعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا

އެއުރެންނަކީ، ހަމަ اللَّه، لعنة ލައްވާފައިވާ މީހުންނެވެ. اللَّه، لعنة ލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް نصر ވެރިވާނޭ މީހަކު ތިބާޔަކަށް ނުފެންނާނެތެވެ.


أَمۡ لَهُمۡ نَصِيبٞ مِّنَ ٱلۡمُلۡكِ فَإِذٗا لَّا يُؤۡتُونَ ٱلنَّاسَ نَقِيرًا

ނުވަތަ، ވެރިކަމުގެ ތެރެއިން ބައެއް އެއުރެންނަށް ލިބިގެންވަނީހެއްޔެވެ؟ ފަހެ، އެހެންވެއްޖިއްޔާ އެއުރެން މީސްތަކުންނަށް ކިތަންމެ ކުޑަމިންވަރެއްވިޔަސް ނުދޭނެތެވެ.


أَمۡ يَحۡسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۖ فَقَدۡ ءَاتَيۡنَآ ءَالَ إِبۡرَٰهِيمَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَءَاتَيۡنَٰهُم مُّلۡكًا عَظِيمٗا

ނުވަތަ، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، إبراهيم ގެފާނުންގެ آل ވެރިންނަށް، ފޮތާއި حكمة، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ.



الصفحة التالية
Icon