وَدُّواْ لَوۡ تَكۡفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَآءٗۖ فَلَا تَتَّخِذُواْ مِنۡهُمۡ أَوۡلِيَآءَ حَتَّىٰ يُهَاجِرُواْ فِي سَبِيلِ ٱللَّهِۚ فَإِن تَوَلَّوۡاْ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَيۡثُ وَجَدتُّمُوهُمۡۖ وَلَا تَتَّخِذُواْ مِنۡهُمۡ وَلِيّٗا وَلَا نَصِيرًا

އެއުރެން كافر ވި ފަދައިން، ތިޔަބައިމީހުންވެސް كافر ވާނެ ނަމައޭ ހިތައި އެކަމަށް އެއުރެން އެދުނޫއެވެ. އޭރުން ތިޔަބައިމީހުން (އެއުރެންނާ) ހަމަހަމަވެދާނެތެވެ. ފަހެ، އެއުރެންގެ ތެރެއިން އެހީތެރިން ތިޔަބައިމީހުން ނުހިފާށެވެ! (އެއީ) އެއުރެން اللَّه ގެ މަގުގައި هجرة ކޮށްފުމަށް ދާނދެނެވެ. ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ތިޔަބައިމީހުންނަށް އެއުރެން ފެނުނު ކޮންމެ ތަނަކުން އެއުރެން އަތުލާށެވެ! އަދި، އެއުރެން قتل ކުރާށެވެ! އަދި، އެއުރެންގެ ތެރެއިން އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް ތިޔަބައިމީހުން ނުހިފާށެވެ!


إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٌ أَوۡ جَآءُوكُمۡ حَصِرَتۡ صُدُورُهُمۡ أَن يُقَٰتِلُوكُمۡ أَوۡ يُقَٰتِلُواْ قَوۡمَهُمۡۚ وَلَوۡ شَآءَ ٱللَّهُ لَسَلَّطَهُمۡ عَلَيۡكُمۡ فَلَقَٰتَلُوكُمۡۚ فَإِنِ ٱعۡتَزَلُوكُمۡ فَلَمۡ يُقَٰتِلُوكُمۡ وَأَلۡقَوۡاْ إِلَيۡكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمۡ عَلَيۡهِمۡ سَبِيلٗا

ތިޔަބައިމީހުންނާ އެބަޔަކާ މެދުގައި عهد އެއް އޮތް ބަޔެއްގެ ގާތަށް حماية ތެރިކަން އެދި ދާބަޔަކު މެނުވީއެވެ. ނުވަތަ، ތިޔަބައިމީހުންނާ ހަނގުރާމަކުރުމަށް ނުވަތަ އެއުރެންގެ قوم ގެމީހުންނާ ހަނގުރާމަކުރުމަށް އެއުރެންގެ ހިތްތައް ދަތިވެގެން ތިޔަބައިމީހުންގެ ގާތަށް އައިބަޔަކު މެނުވީއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ފާކުރައްވައިފީސްކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންނާ ހަނގުރާމަކުރީސްކަން ކަށަވަރެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނާ ވަކިވެ، ތިޔަބައިމީހުންނާ ހަނގުރާމަނުކޮށް އަދި، ތިޔަބައިމީހުންނަށް އެއުރެން تسليم ކޮށްފިނަމަ، ފަހެ، އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަކަށް اللَّه މަގެއް ލައްވާފައެއް ނުވެއެވެ.



الصفحة التالية
Icon