وَمَن يَعۡمَلۡ سُوٓءًا أَوۡ يَظۡلِمۡ نَفۡسَهُۥ ثُمَّ يَسۡتَغۡفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورٗا رَّحِيمٗا

ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ.


وَمَن يَكۡسِبۡ إِثۡمٗا فَإِنَّمَا يَكۡسِبُهُۥ عَلَىٰ نَفۡسِهِۦۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا

އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.


وَمَن يَكۡسِبۡ خَطِيٓـَٔةً أَوۡ إِثۡمٗا ثُمَّ يَرۡمِ بِهِۦ بَرِيٓـٔٗا فَقَدِ ٱحۡتَمَلَ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا

އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.


وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكَ وَرَحۡمَتُهُۥ لَهَمَّت طَّآئِفَةٞ مِّنۡهُمۡ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡۖ وَمَا يَضُرُّونَكَ مِن شَيۡءٖۚ وَأَنزَلَ ٱللَّهُ عَلَيۡكَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَعَلَّمَكَ مَا لَمۡ تَكُن تَعۡلَمُۚ وَكَانَ فَضۡلُ ٱللَّهِ عَلَيۡكَ عَظِيمٗا

ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެއުރެންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެއުރެންގެ އަމިއްލަ نفس ތަކަށްމެނުވީ، އެއުރެންނަށް އޮޅުވަޔެއް ނުލެވެތެވެ. އަދި، އެއްވެސް ކަމަކުން އެއުރެންނަށް ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ކަލޭގެފާނަށް اللَّه، حكمة އާއި، ފޮތް ބާވައިލައްވާފައި ވެއެވެ. އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ.



الصفحة التالية
Icon