وَمَنۡ أَحۡسَنُ دِينٗا مِّمَّنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ وَٱتَّبَعَ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۗ وَٱتَّخَذَ ٱللَّهُ إِبۡرَٰهِيمَ خَلِيلٗا

ހެޔޮކަންތައްކުރާ މީހަކުކަމުގައިވާ حال، އެމީހެއްގެ އެންމެހައި ކަންތައް اللَّه އަށް ކިޔަމަންކޮށް، އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށް تبع ވި މީހަކަށްވުރެ، دين ގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟ اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ.


وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٖ مُّحِيطٗا

އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި، ކޮންމެ އެއްޗަކާއި، ކޮންމެކަމެއްމެ، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.


وَيَسۡتَفۡتُونَكَ فِي ٱلنِّسَآءِۖ قُلِ ٱللَّهُ يُفۡتِيكُمۡ فِيهِنَّ وَمَا يُتۡلَىٰ عَلَيۡكُمۡ فِي ٱلۡكِتَٰبِ فِي يَتَٰمَى ٱلنِّسَآءِ ٱلَّـٰتِي لَا تُؤۡتُونَهُنَّ مَا كُتِبَ لَهُنَّ وَتَرۡغَبُونَ أَن تَنكِحُوهُنَّ وَٱلۡمُسۡتَضۡعَفِينَ مِنَ ٱلۡوِلۡدَٰنِ وَأَن تَقُومُواْ لِلۡيَتَٰمَىٰ بِٱلۡقِسۡطِۚ وَمَا تَفۡعَلُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمٗا

އަންހެނުންނާމެދު، ކަލޭގެފާނުގެ އަރިހުން އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް އެކަނބަލުންނާމެދު بيان ކޮށް ދެއްވަތެވެ. އަދި، ފޮތުން ތިޔަބައިމީހުންނަށް ކިޔަވައިދެއްވާ آية ތައްވެސް بيان ކޮށް ދެއްވަތެވެ. އެކަނބަލުންނަށްޓަކައި ކަނޑައަޅުއްވާފައިވާ ރަން، ތިޔަބައިމީހުން އެކަނބަލުންނަށް ނުދޭ، އަދި އެކަނބަލުންނާ ކާވެނިވުމަށް ތިޔަބައިމީހުން އެދޭ يتيم އަންހެނުންނާ މެދުގައެވެ. އަދި، ކުޑަކުދިންގެ ތެރެއިން ނިކަމެތިވެފައިވާ ކުދިންނާ މެދުގައެވެ. އަދި، يتيم ންނާމެދު عدل إنصاف ގެ ގޮތުގައި ކަންތައް ކުރުމަށެވެ. ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް، ފަހެ ހަމަަކަށަވަރުން، އެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.



الصفحة التالية
Icon