أَوَلَا يَعۡلَمُونَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَ

އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، اللَّه ދެނެވޮޑިގެންވާކަން، އެއުރެން ނުދަންނަނީހެއްޔެވެ؟


وَمِنۡهُمۡ أُمِّيُّونَ لَا يَعۡلَمُونَ ٱلۡكِتَٰبَ إِلَّآ أَمَانِيَّ وَإِنۡ هُمۡ إِلَّا يَظُنُّونَ

އަދި އެއުރެންގެތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ. ފޮތުންވެސް، مستحيل އުންމީދުތަކެއްނޫނީ އެއުރެންނަކަށް ނުފެނެއެވެ. އަދި ހީތަކެއް ކުރާކަމުގައިނޫނީ، އެއުރެން ނުވެތެވެ.


فَوَيۡلٞ لِّلَّذِينَ يَكۡتُبُونَ ٱلۡكِتَٰبَ بِأَيۡدِيهِمۡ ثُمَّ يَقُولُونَ هَٰذَا مِنۡ عِندِ ٱللَّهِ لِيَشۡتَرُواْ بِهِۦ ثَمَنٗا قَلِيلٗاۖ فَوَيۡلٞ لَّهُم مِّمَّا كَتَبَتۡ أَيۡدِيهِمۡ وَوَيۡلٞ لَّهُم مِّمَّا يَكۡسِبُونَ

ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. (އެއުރެން އެކަންކުރަނީ) ކުޑައަގެއް އެއަށް ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ.


وَقَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَةٗۚ قُلۡ أَتَّخَذۡتُمۡ عِندَ ٱللَّهِ عَهۡدٗا فَلَن يُخۡلِفَ ٱللَّهُ عَهۡدَهُۥٓۖ أَمۡ تَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

އަދި އެއުރެން ބުނޫއެވެ. عدد ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން اللَّه ގެ حضرة ން (އެކަމަށް) عهد އެއް ހިފާފައި އޮތީހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ނޫންނަމަ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟



الصفحة التالية
Icon