وَإِذَا سَمِعُواْ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعۡيُنَهُمۡ تَفِيضُ مِنَ ٱلدَّمۡعِ مِمَّا عَرَفُواْ مِنَ ٱلۡحَقِّۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكۡتُبۡنَا مَعَ ٱلشَّـٰهِدِينَ

އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް حق ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ!


وَمَا لَنَا لَا نُؤۡمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلۡحَقِّ وَنَطۡمَعُ أَن يُدۡخِلَنَا رَبُّنَا مَعَ ٱلۡقَوۡمِ ٱلصَّـٰلِحِينَ

އަދި اللَّه އަށާއި، ތިމަންމެންގެ ގާތަށްއައި حق ގޮތަށް، ތިމަންމެން إيمان ނުވާންވީ، އަދި ތިމަންމެންގެ ވެރިރަސްކަލާނގެ صالح އަޅުންގެ ތެރެޔަށް ތިމަންމެން ވެއްދެވުމަށް އެދުންވެރި ނުވާންވީ ކީއްވެގެން ހެއްޔެވެ؟


فَأَثَٰبَهُمُ ٱللَّهُ بِمَا قَالُواْ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ

ދެން އެއުރެން ބުނި ބަސްތަކުގެ ސަބަބުން ޖަޒާއަކަށް، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެއުރެންނަށް اللَّه ދެއްވިއެވެ. އެތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. އެއީ إحسان ތެރިންގެ ޖަޒާއެވެ.


وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ

އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ.



الصفحة التالية
Icon