قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِۖ حَتَّىٰٓ إِذَا جَآءَتۡهُمُ ٱلسَّاعَةُ بَغۡتَةٗ قَالُواْ يَٰحَسۡرَتَنَا عَلَىٰ مَا فَرَّطۡنَا فِيهَا وَهُمۡ يَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ أَلَا سَآءَ مَا يَزِرُونَ

اللَّه އާ ބައްދަލުވާނެ ކަމާމެދު إنكار ކޮށް، ދޮގުކުޅަ މީހުން ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. قيامة ގެ ވަގުތު ކުއްލިއަކަށް އެއުރެންގެ ގާތަށް އަންނަހިނދު އެއުރެން ބުނާނެތެވެ. އަހުރެމެން އެދުވަހާމެދު ކުޅަ إهمال ގެ މައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއުރެން އެހިނދު ތިބޭނީ އެއުރެންގެ ފާފަތައް އެއުރެންގެ ބުރިކަށިތަކުގެ މަތީގައި އުފުލައިގެންނެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ.


وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَعِبٞ وَلَهۡوٞۖ وَلَلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ

ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟


قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّـٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ

އެއުރެން (އެބަހީ: كافر ން) ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ اللَّه ގެ آية ތަކާމެދުގައެވެ.



الصفحة التالية
Icon