أُوْلَـٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلۡحَيَوٰةَ ٱلدُّنۡيَا بِٱلۡأٓخِرَةِۖ فَلَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنصَرُونَ

އަހުރެންނީ، آخرة ގެ ބާއްޖަވެރިކަމުގެ ބަދަލުގައި، ދުނިޔޭގެ ދިރިއުޅުން ހޯދައިގަތް މީހުންނެވެ. ފަހެ، އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާހުށްޓެވެ. އަދި نصر ލިބޭނޭ ބަޔަކު ކަމުގައިވެސް، އެއުރެން ނުވެތެވެ.


وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَقَفَّيۡنَا مِنۢ بَعۡدِهِۦ بِٱلرُّسُلِۖ وَءَاتَيۡنَا عِيسَى ٱبۡنَ مَرۡيَمَ ٱلۡبَيِّنَٰتِ وَأَيَّدۡنَٰهُ بِرُوحِ ٱلۡقُدُسِۗ أَفَكُلَّمَا جَآءَكُمۡ رَسُولُۢ بِمَا لَا تَهۡوَىٰٓ أَنفُسُكُمُ ٱسۡتَكۡبَرۡتُمۡ فَفَرِيقٗا كَذَّبۡتُمۡ وَفَرِيقٗا تَقۡتُلُونَ

ހަމަކަށަވަރުން، ތިމަންރަސްލާނގެ موسى ގެފާނަށް ފޮތް (އެބަހީ: توراة) ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ. އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزات ތައް ދެއްވީމެވެ. އަދި روح القدس ގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ نفس ތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسول ން ދޮގުކުޅައީމުއެވެ. އަނެއްބައި رسول ން قتل ކުޅައީމުއެވެ.


وَقَالُواْ قُلُوبُنَا غُلۡفُۢۚ بَل لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَقَلِيلٗا مَّا يُؤۡمِنُونَ

އެއުރެން ބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެނެއްނޫނެވެ. އެއުރެންގެ كافر ކަމުގެ ސަބަބުން، اللَّه އެއުރެންނަށް لعنة ލެއްވީއެވެ. ފަހެ، އެއުރެން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ.



الصفحة التالية
Icon