وَكَذَّبَ بِهِۦ قَوۡمُكَ وَهُوَ ٱلۡحَقُّۚ قُل لَّسۡتُ عَلَيۡكُم بِوَكِيلٖ
އެއީ حق ތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ قوم ގެމީހުން އެ قرآن ދޮގުކުޅައޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކަންތަކާ حوال ވެގެންހުރި وكيل އަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
لِّكُلِّ نَبَإٖ مُّسۡتَقَرّٞۚ وَسَوۡفَ تَعۡلَمُونَ
ކޮންމެ خبر އަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
وَإِذَا رَأَيۡتَ ٱلَّذِينَ يَخُوضُونَ فِيٓ ءَايَٰتِنَا فَأَعۡرِضۡ عَنۡهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦۚ وَإِمَّا يُنسِيَنَّكَ ٱلشَّيۡطَٰنُ فَلَا تَقۡعُدۡ بَعۡدَ ٱلذِّكۡرَىٰ مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ
ތިމަންރަސްކަލާނގެ آية ތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطان އާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنۡ حِسَابِهِم مِّن شَيۡءٖ وَلَٰكِن ذِكۡرَىٰ لَعَلَّهُمۡ يَتَّقُونَ
އަދި އެ (ދޮގުވާހަކަ ދައްކާ) މީހުންގެ އެއްވެސް ކަމެއްގެ ޒިންމާއެއް، تقوى ވެރިންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، އޮތްކަމަކީ ހަނދާންކޮށްދިނުމެވެ. އެއީ އެއުރެން (އެފަދަ ވާހަކަތަކުން) ރައްކާތެރިވުމަށްޓަކައެވެ.