وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَتۡهُمۡ ءَايَةٞ لَّيُؤۡمِنُنَّ بِهَاۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِۖ وَمَا يُشۡعِرُكُمۡ أَنَّهَآ إِذَا جَآءَتۡ لَا يُؤۡمِنُونَ
އެ (كافر ވި) މީހުންގެ ގާތަށް آية އެއް (އެބަހީ: معجزة އެއް) އަތުވެއްޖެނަމަ، އެއަށް ހަމަކަށަވަރުން، إيمان ވާނެކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް اللَّه ގަންދީ ހުވާކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، آية ތައް ވަނީ، اللَّه ގެ حضرة ގައެވެ. އެ آية ތައް އަތުވެއްޖެނަމަ، (އެއުރެން عمل ކުރާނޭގޮތެއް) ތިޔަބައިމީހުންނަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެެ؟ އެއުރެން إيمان އެއް ނުވާނެތެވެ.
وَنُقَلِّبُ أَفۡـِٔدَتَهُمۡ وَأَبۡصَٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦٓ أَوَّلَ مَرَّةٖ وَنَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ
ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (حق ގެ މަގުން) އެއްކިބާކުރައްވަމެވެ. އެއުރެން އެ آية ތަކަށް ފުރަތަމަ ފަހަރުވެސް، إيمان ނުވި ފަދައިން (إيمان އެއް ނުވާނެތެވެ.) އަދި ދެފުށުއެޅި ތިބޭ حال އެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާހުށީމެވެ.
۞وَلَوۡ أَنَّنَا نَزَّلۡنَآ إِلَيۡهِمُ ٱلۡمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلۡمَوۡتَىٰ وَحَشَرۡنَا عَلَيۡهِمۡ كُلَّ شَيۡءٖ قُبُلٗا مَّا كَانُواْ لِيُؤۡمِنُوٓاْ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكۡثَرَهُمۡ يَجۡهَلُونَ
ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ملائكة ން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެއުރެންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެއުރެން އެދުނު) ހުރިހާ އެއްޗެއް އެއުރެންގެ ކުރިމައްޗަށް ޖަމާކޮށްދެއްވިނަމަވެސް، اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެން إيمان ވާނެ ބަޔަކު ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.