وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا شَيَٰطِينَ ٱلۡإِنسِ وَٱلۡجِنِّ يُوحِي بَعۡضُهُمۡ إِلَىٰ بَعۡضٖ زُخۡرُفَ ٱلۡقَوۡلِ غُرُورٗاۚ وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ
ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ
އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبول ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ.
أَفَغَيۡرَ ٱللَّهِ أَبۡتَغِي حَكَمٗا وَهُوَ ٱلَّذِيٓ أَنزَلَ إِلَيۡكُمُ ٱلۡكِتَٰبَ مُفَصَّلٗاۚ وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡلَمُونَ أَنَّهُۥ مُنَزَّلٞ مِّن رَّبِّكَ بِٱلۡحَقِّۖ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ
(ކަލޭގެފާނު ވިދާޅުވާށެވެ!) حكم ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެެ؟ އެކަލާނގެއީ، (حق އާއި باطل) تفصيل ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން حق ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ!