وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلۡحَرۡثِ وَٱلۡأَنۡعَٰمِ نَصِيبٗا فَقَالُواْ هَٰذَا لِلَّهِ بِزَعۡمِهِمۡ وَهَٰذَا لِشُرَكَآئِنَاۖ فَمَا كَانَ لِشُرَكَآئِهِمۡ فَلَا يَصِلُ إِلَى ٱللَّهِۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمۡۗ سَآءَ مَا يَحۡكُمُونَ

އެ (كافر ވި) މީހުން، اللَّه އަށް އެކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، نعم ސޫޫފީން ބައެއް އެޅިއެވެ. އެއުރެންގެ باطل ހީއާއެއްގޮތަށް، އެއުރެންބުނީ، މިބައި މިއީ اللَّه އަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ شريك ންނަށެވެ. ފަހެ، އެއުރެންގެ شريك ންނަށްވީ ބައިގެ އެއްޗެއް، اللَّه ގެ ފަރާތަކަށް ނުލިބެއެވެ. اللَّه އަށް އެޅިބައި، އެއުރެންގެ شريك ންނަށް ލިބެއެވެ. އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ.


وَكَذَٰلِكَ زَيَّنَ لِكَثِيرٖ مِّنَ ٱلۡمُشۡرِكِينَ قَتۡلَ أَوۡلَٰدِهِمۡ شُرَكَآؤُهُمۡ لِيُرۡدُوهُمۡ وَلِيَلۡبِسُواْ عَلَيۡهِمۡ دِينَهُمۡۖ وَلَوۡ شَآءَ ٱللَّهُ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ

ހަމައެފަދައިން، مشرك ންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريك ން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ. اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ!


وَقَالُواْ هَٰذِهِۦٓ أَنۡعَٰمٞ وَحَرۡثٌ حِجۡرٞ لَّا يَطۡعَمُهَآ إِلَّا مَن نَّشَآءُ بِزَعۡمِهِمۡ وَأَنۡعَٰمٌ حُرِّمَتۡ ظُهُورُهَا وَأَنۡعَٰمٞ لَّا يَذۡكُرُونَ ٱسۡمَ ٱللَّهِ عَلَيۡهَا ٱفۡتِرَآءً عَلَيۡهِۚ سَيَجۡزِيهِم بِمَا كَانُواْ يَفۡتَرُونَ

އެއުރެން ބުނެފޫއެވެ. މިހިރީ، މަނާކޮށްފައިވާ نعم ސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެއުރެން ހީކުރާ ގޮތުގައި، އެއުރެން އެދޭ ބަޔަކު މެނުވީ، އެތަކެތި ކައިގެން ނުވާނެތެވެ. އަދި މިތިބީ އޭގެ ބުރިކަށިތައް حرام ކޮށްފައިވާ نعم ސޫފިތަކެވެ. އަދި މިތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެއުރެން، اللَّه ގެ اسم ފުޅު ނަންނުގަންނަ نعم ސޫފިިތަކެވެ. (މިހުރިހާ ކަމެއް އެއުރެން ކުރަނީ) އެކަލާނގެއަށް ދޮގުހެދުމުގެ ގޮތުންނެވެ. އެއުރެން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.



الصفحة التالية
Icon