فَإِن كَذَّبُوكَ فَقُل رَّبُّكُمۡ ذُو رَحۡمَةٖ وَٰسِعَةٖ وَلَا يُرَدُّ بَأۡسُهُۥ عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ

ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ عذاب (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ.


سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَكۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَيۡءٖۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَكُم مِّنۡ عِلۡمٖ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ

شريك ކުޅަ މީހުން ބުނާނެތެވެ. اللَّه އިރާދަކުރެއްވިނަމަަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، شريك އެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް حرام ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ عذاب ގެ ރަހަ ލިބިއްޖައުމަށްދާނދެން (رسول ން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علم އެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން تبع ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.


قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَٰلِغَةُۖ فَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ

ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ حجّة ވަނީ اللَّه އަށެވެ. ފަހެ، އެކަލާނގެ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެންމެންނަށް، ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.



الصفحة التالية
Icon