قُلۡ إِن كَانَتۡ لَكُمُ ٱلدَّارُ ٱلۡأٓخِرَةُ عِندَ ٱللَّهِ خَالِصَةٗ مِّن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި، آخرة ގެ ގޮވަތި އެހެނިހެން މީސްތަކުން ފިޔަވައި ތިޔަބައިމީހުންނަށް خاص ކުރައްވާފައިވާނަމަ، ތިޔަބައިމީހުން، ނިކަން މަރުވުން އެދިބަލާށެވެ! (އެއީ) ތިޔަބައިިމީހުންނީ، ތެދުވެރިން ކަމުގައި ވަނީނަމައެވެ.


وَلَن يَتَمَنَّوۡهُ أَبَدَۢا بِمَا قَدَّمَتۡ أَيۡدِيهِمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ

ދުވަހަކުވެސް އެއުރެން އެ މަރަކަށް ނޭދޭނެތެވެ. އެއީ، އެއުރެންގެ އަތްތައް އިސްކޮށްފައިވާ ނުބައި عمل ތަކުގެ ސަބަބުންނެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.


وَلَتَجِدَنَّهُمۡ أَحۡرَصَ ٱلنَّاسِ عَلَىٰ حَيَوٰةٖ وَمِنَ ٱلَّذِينَ أَشۡرَكُواْۚ يَوَدُّ أَحَدُهُمۡ لَوۡ يُعَمَّرُ أَلۡفَ سَنَةٖ وَمَا هُوَ بِمُزَحۡزِحِهِۦ مِنَ ٱلۡعَذَابِ أَن يُعَمَّرَۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ

އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّه އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.



الصفحة التالية
Icon