ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ تَمَامًا عَلَى ٱلَّذِيٓ أَحۡسَنَ وَتَفۡصِيلٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ

ދެން ހެޔޮعمل ކުޅަ މީހާއަށް (نعمة) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް تفصيل ކޮށް ބަޔާންކޮށްދެއްވުމަށާއި، هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް، އެއުރެން إيمان ވުމަށްޓަކައެވެ.


وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ

މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް تبع ވާށެވެ! އަދި ތިޔަބައިމީހުން تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.


أَن تَقُولُوٓاْ إِنَّمَآ أُنزِلَ ٱلۡكِتَٰبُ عَلَىٰ طَآئِفَتَيۡنِ مِن قَبۡلِنَا وَإِن كُنَّا عَن دِرَاسَتِهِمۡ لَغَٰفِلِينَ

ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ ދެބަޔެއްގެ މައްޗަށޭ، އަދި ތިމަންމެން، ހަމަކަށަވަރުންވެސް ތިބީ، އެއުރެން ކުޅަ دراسة އާމެދު غافل ވެގެންނޭ، ތިޔަބައިމީހުން ބުނެފާނެތީއެވެ.


أَوۡ تَقُولُواْ لَوۡ أَنَّآ أُنزِلَ عَلَيۡنَا ٱلۡكِتَٰبُ لَكُنَّآ أَهۡدَىٰ مِنۡهُمۡۚ فَقَدۡ جَآءَكُم بَيِّنَةٞ مِّن رَّبِّكُمۡ وَهُدٗى وَرَحۡمَةٞۚ فَمَنۡ أَظۡلَمُ مِمَّن كَذَّبَ بِـَٔايَٰتِ ٱللَّهِ وَصَدَفَ عَنۡهَاۗ سَنَجۡزِي ٱلَّذِينَ يَصۡدِفُونَ عَنۡ ءَايَٰتِنَا سُوٓءَ ٱلۡعَذَابِ بِمَا كَانُواْ يَصۡدِفُونَ

ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެއުރެންނަށްވުރެ، ތިމަންމެން ތެދުމަގު ލިބިގަތުން މާބޮޑުވީހޭ ބުނެފާނެތީއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ސާފު ހެތްކަކާއި، ތެދުމަގަކާއި، رحمة އެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެކަން ކަށަވަރެވެ. اللَّه ގެ آية ތައް ދޮގުކޮށް، އެ آية ތަކަށް ފުރަގަސްދީފި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތަކަށް ފުރަގަސްދޭ މީހުންނަށް، އެއުރެން އެ آية ތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަންރަސްކަލާނގެ ގަދަ عذاب ން، ޖަޒާދެއްވާހުށީމެވެ.



الصفحة التالية
Icon